English Edition
Dhivehi Edition
ޑިސެމްބަރު 2017 ގައި ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާ އަށް ދިޔަ އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އަމިއްލަ 3 ކުންފުންޏަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދީފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީޖުމްލަ 270 ކޯޓާއާއެކު ، ތިން ކުންފުންޏަކަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑާއި އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑަށެވެ. މި ކުންފުނިތަކަށް ހުއްދަ ދިނުމާއެކު އެ ކުންފުނިތަކުން ނެގޭނެ އަގުތައްވެސް މިނިސްޓްރީގެ އިއުލާނުގައި ހިމަނާފައިވެއެވެ.

  • 1- އަލްޙަރަރަމައިން : 7،5465 ރުފިޔާ
  • 2- ސިސިލްފަރު : 7،5250 ރުފިޔާ
  • 3- އަލްމަނާސިކް : 7،5000 ރުފިޔާ

މި ކުންފުނިތަކަށް މިނިސްޓްރީން ހުއްދަދީފައިވަނީ 1 އަހަރުގެ މުއްދަތަށެވެ.

އަދި ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދީފައިވަނީ 1،000 ކޯޓާއެވެ. އެ ކޯޓާގެ ތެރެއިން ގިނަ ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަބަދުވެސް 2،000 ހައްޖު ކޯޓާ ލިބުނު ނަމަވެސް މި ވެރިކަމުގައި މިހާތަނަށް އެ އަދަދަށް 2،000 ކޯޓާއެއް ލިބިފައިނުވެއެވެ.