English Edition
Dhivehi Edition

ސައުދިއަރަބިއްޔާގެ ޝާހީ ޢާއިލާއިން އުމްރާ އަށާއި ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ ފަރާތްތަކުގެ ވިސާ ފީއަށް ލުޔެއް ލިބޭގޮތަށް ހަމަޖައްސަވައިފި އެވެ. މި އިސްލާހު ގެންނެވީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދް އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ.

ސައުދީގެ ރަސްގެފާނާއި އެޤައުމުގެ ވަލީއަހުދު މި ގެންނެވި އިސްލާހަށް އެޤައުމުގެ ޙައްޖާއި ޢުމްރާ އާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ޑރ. މުޙައްމަދު ސޯލިހު ވަނީ މިއީ ޙައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ މުސްލިމުންގެ އަދަދު އިތުރުވަމުންދާ ދިއުމަށް ސައުދީން މަރުޙަބާ ކިޔާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޝާހީ އާއިލާއިން ގެނައި މި ބަދަލާއި އެކު އެ ޤައުމަށް ޙައްޖާއި އުމްރާއަށް އެއްފަހަރަށްވުރެ ގިނަ ފަހަރަށް ދިޔުމުން ނަގާ “ތަކުރާރު ފީ” ނެގުން ހުއްޓޭނެ އެވެ.

ޓެގު