English Edition
Dhivehi Edition

ފަންސާސް އަހަރު ފަހުން ޔޫރަޕިއަން ޔޫނިއަންގެ ރައީސަކަށް ޖަރުމަން ވިލާތުގެ ރައްޔިތަކު އިންތިހާބު ވެއްޖެއެވެ. އެގޮތުން އީޔޫގެ ރައީސަކަށް އިންތިހާބުގެވެ ވަޑައިގަތީ ޖަރުމަން ވިލާތުގެ ކުރީގެ ޑިފެންސް މިނިސްޓަރ އުރުސުލާ ވޮންޑާލޭން އެވެ.

2013 ވަނަ އަހަރު އެކަމަނާ ވަނީ ޖަރުމަން ވިލާތުގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރ ކަންވެސް ކުރަށްވާފައެވެ. ސިޔާސީ ދާއިރާގައި 29 އަހަރު ހޭދަކުރެއްވި ވޮންޑާލޭން އިންތިހާބު ކާމިޔާބުކޮށްފައިވަނީ ކްލައުޑެ ޖަންކާ އާއި ވާދަކޮށް ނުވަ ވޯޓުގެ ތަފާތަކުންނެވެ. އެ އިންތިހާބުގައި ވޮންޑާލޭން އަށް ލިބިވަޑައިގަތީ 383 ވޯޓެވެ.

ވޮންޑާލޭން ނޮވެމްބަރު މަހު މަސައްކަތާއި ހަވާލުވެ ވަޑައިގަންނަވާއިރު އެކަމަނާ ވިދާޅުވީ އެންމެ ބުރަކޮށް ކުރައްވަން ޖެހިވަޑައިގަންނަވާނެ މަސައްކަތަކީ އިނގިރޭސިވިލާތް އީޔޫން ވަކިވުމަށް އެދި ހުށަހަޅާފައިވާ ބިލްގެ ކަންތަށް ކުރިއަށް ގެންދިޔުން ކަމަށެވެ.