English Edition
Dhivehi Edition

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ އިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކޮށް ފަސޭހަކުރުމަށް ، އެ މިނިސްޓްރީން ދޭ ބައެއް ޙިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފި އެވެ.

މިކަމަށްޓަކައި މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓާރ އައިޝަތު ނަހުލާ ވިދާޅުވީ މިއަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސެންސާ ގުޅޭ ޙިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށެވެ.”ލައިސެންސާ ގުޅުން ހުރި ހުރިހާ ޙިދުމަތެއް އަޅުގަނޑުމެން އޮންލައިން ކުރާނެ ވާހަކަ ދަންނަވަން. އަދި ޕޯޓް ޑިއުސް އަދި ލެޓް ޑިއުސްގެ ޙިދުމަތްތައްވެސް އޮންލައިން ކުރެވިގެންދާނެ” މިނިސްޓަރ ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ލައިސެންސާ ގުޅުން ހުރި ހުރިހާ ޚިދުމަތެއް އޮންލައިން ކުރަށްވާނޭ ކަމަށާއި އަދި ޕޯޓް ޑިއުސް އާއި ލެޓް ޑިއުސްގެ ޙިދުމަތްތައްވެސް އޮންލައިން ކުރެވިގެންދާނެ ދާނެ ކަމަށެވެ.ޓްރާންސްޕޯޓުން ދޭ ހިދުމަތް ފުޅާކޮށް އާންމުންނަށް ލުއި ފަސޭހަކުރުމުގެ ގޮތުން މިހާރުވަނީ އެ އެތޯރިޓީއިން ނަންބަރުދޫކުރާ ގަޑިވެސް ބަދަލުކޮށްފައެވެ.