English Edition
Dhivehi Edition

1440 ވަނަ އަހަރު އަލަށް އެކުލަވާލެވުނު ފަޤީރުންގެ ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކަށް، ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އިސްލާމިކް މިނިސްޓްރީން ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީން ނެރެފައިވާ އިޢުލާންގައިވާ ގޮތުން 02 އެޕްރީލް 2019 އިން 28 އެޕްރީލް 2019 އަށް ހުޅުވާލެވުނު ފުރުޞަތުގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް އެކަމަށް އެދި ފޯރމް ހުށަހެޅުމުގެ ފުރުޞަތު 15 ޖުލައި 2019 އިން 01 އޮގަސްޓް 2019 ވަނަ ދުވަހުގެ މެންދުރު 12:00 ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

މިފުރުޞަތު އަލުން ހުޅުވާލީ ދަފްތަރުގައި ނުހިމެނޭ ފަަރާތްތަކުން މިނިސްޓްރީއަށް ޝަކުވާ ހުޅަހަޅަމުންދާތީ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އަދި މިއަހަރު އެކުލަވާލެވިފައިވާ ފަޤީރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ 15 ޖުލައި 2019 އިން ފެށިގެން 17 ޖުލައި 2019 ނިޔަލަށް ހުޅުވާލެވިފައެވެ.