ޔޫކްރެއިންގައި ކުޑަކުދިން ރޭޕްކުރާ މީހުންގެ ގަޔަށް އިންޖެއްކްޝަނެއް ޖެހުމަށް ފަހު، ޖިންސީގުނަވަނުގެ ބާރުކަނޑުވާ ލާގޮތަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
ޔޫކްރެއިންގެ ނިއުސް އޭޖެންސީ އިން ބުނާގޮތުގައި މި ޕްރޮސީޖާގައި ބޭނުން ކުރާނީ އެންޓި-އެންޑްރޮޖެން ޑްރަގް ހިމެނޭ އިންޖެކްޝަނެކެވެ. މިއިންޖެކްޝަން ޖެހުމުން ޖިންސީ ގުނަވަނުގެ ބާދު ދެރަވެ ޖިންސީ އެދުން އެއްގޮތަކަށް ވެސް އެމީހަކަށް އިހުސާސެއް ނުވާނެއެވެ. މިއިންޖެކްޝަނަކީ ބައެއްފަހަރު ޕްރޮސްޓްރޭޓް ކެންސަރަށް ވެސް ބޭނުން ކުރާ އިންޖެކްޝަނެކެވެ.
ޔޫކްރެއިންގައި އަލަށް ހެދި މިގާނޫނު ގައި ބުނާގޮތުގައި މިއަދަބު ކަނޑައަޅާފައިވަނީ ކުޑަކުދިން ރޭޕްކުރާ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށެވެ. 2017 ވަނައަހަރު ޔޫކްރެއިންގައި ކުދަކުދިން ރޭޕްކޮށްފައިވާ އަދަދު ވަނީ 320 އަށް އަރާފައެވެ. އަދި ކަމާއިބެހޭ ފަރާތަކަށް އެކި އެކި ސަބަބު ތަކާއި ހެދި ރިޕޯޓް ކޮށްފައި ނުވާ އެތައް ހާސް ރޭޕް ކޭސްތަކެއް ވާނެކަމަށް އެގައުމުގެ ފުލުހުނުން ބުނެއެވެ.
“24 ގަޑި އިރުތެރޭގައި 5 ކުދަކުދިން ޔޫކްރެއިންގައި ރޭޕްކޮށްފައި އެބަވޭ، ކުޑަކުދިން ރޭޕްކުރާ އަދަދު އަހަރެމެންނަށް ހަމަ ހީވާ އަދަދަކަށް ބުނެލޭވޭނީ އެހެން ނަމަވެސް ހީވެސް ނުކުރަހާ ބޮޑަށް މިއަދަދު އުޅޭނީ މަތީގައި” ޔޫކްރެއިންގެ ޗީފްއޮފް ޕޮލިސް ޔަޗެސްލަވް އަބްރޮސްކިން މިދިހަފްތާގައި ރޭޕްކޭސްތަކާއި ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ދާދިފަހުން ވެސް ޔޫކްރެިން ސިއްސުވާލީ އުމުރުން 11 އަހަރުގެ ކުޑަ ކުއްޖަކު ރެޕްކޮށް މަރާލި ހަބަރާއެކުގަ އެވެ. މިހާދިސާގައި އެކުއްޖާ މަރުވެފައިވަނީ އޭނާ ރޭޕްކުރަމުންދިޔަ އުމުރުން 22 އަހަރުގެ އާއިލީ ރަހުމަތްތެރިޔާ ކިބައިން ސަލާމަތްވާން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ޔޫކްރެއިންގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
ކުޑަކުދިން ރޭޕް ކުރުމާއި މެރުން އިންޑިއާގެ އިތުރުން ދެން އެންމެ ގިނައީ ޔޫކްރެއިންގައި ކަމަށް ރެކޯޑްތަކުން ދައްކައެވެ.