English Edition
Dhivehi Edition

އައްޑޫ ސިޓީގެ އަވަށްތަކުގެ ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމަށް ދިރާސާއެއް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އިއްޔެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރި އިއުލާނުގައި ބުނީ ފަރާތުން ކުރިއަށްގެންދާ ރަށްރަށުގެ ފެން ހިނދާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫޢުތަކުގެ ދަށުން ސ. ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ހުޅުދޫ އަދި މީދޫގައި ފެން ހިނދާ ނިޒާމެއް އެކުލަވާލުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރާނެ ކޮންސަލްޓަންސީ ފަރމެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މަސައްކަތުގެ މަޢުލޫމާތު ދިނުމަށް ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޖުލައި2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައިކަމަށް އެ އިއުލާންގައިވަނީ ބުނެފައެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މި މަސައްކަތުގެ ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 28 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައިކަމަށެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ހުށަހަޅަންވި މަޢުލޫމާތާއި މަސައްކަތުގެ އެހެނިހެން ތަފްސީލްތައް ހިމެނޭ “ޓާރމްސް އޮފް ރިފަރެންސް” މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ.