English Edition
Dhivehi Edition
ފޮޓޯ: ސަން އެމްވީ

ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ރާއްޖެ ގެނައުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މަސައްކަތް ނުކުރައްވާކަމަށް ވިދާޅުވެ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ހޯމްމިނިސްޓަރ އިމްރާން އަބްދުﷲ ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެންވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވީ ޓްވީޓެއްގައެވެ.

“މަޖިލިސްގައި މިނިސްޓަރ އިމްރާން އަޅުގަނޑާ ބެހޭގޮތުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް. ލުޠުފީ ހޯދުމަށް އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އަޅުގަނޑު.” އުމަރުގެ ޓްރީޓްގައި ވިދާޅުވިއެވެ.

ލުޠުފީ ރާއްޖެ ގެނައުން ލަސްވާ މައްސަލައިގައި އިމްރާން މަޖިލީހަށް ހާޒިރުކޮށް ސުވާލު ދެންނެވުމުން ޖަވާބު ދެއްވަމުން ވިދާޅުވީ، 2014 ވަނަ އަހަރުގެ ތެރޭގައި ލުޠުފީ ފިލައިގެން އުޅޭތަނާއި އެހެނިހެން މުއާމަލާތްތަކުގެ މަޢުލޫމާތު ފުލުހުުންނަށް ލިބި، އޭނާ ރާއްޖެ ގެނައުމުގެ އެންމެ ފަހު މަރުޚަލާއަށް ދެވުނު ކަމަށެވެ.ނަމަވެސް އޭރު އެކަން ނުކުރެވުނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހުއްދަ ނުދެއްވައިގެން ކަމަަށް މިއަދު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ލުތުފީ ރާއްޖެ ގެނައުން ލަސްވެފައިވާތީ، އެކަމާއި ސުވާލު ކުރުމަށް އެ މަނިކުފާނު މަޖިލީހަށް ހާޒިރުކޮށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބް ދެއްވަމުން މިއަދު ހޯމް މިނިސްޓަރ ވަނީ ލުތުފީ ރާެއްޖެ ގެންނާނެ ކަމުގެގެ ޔަގީންކަން ދެއްވާފައެވެ.

“ލުތުފީ ގެންނަން ލަންކާގެ ކަމާއި ބެހޭ ގިނަ މުއައްސަސާގެ ހުއްދަވަނީ ލިބިފައި.ހަމައެކަނި މިހާރު ހުއްދަ ލިބިފައި ނުވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީން .ލަންކާގެ ޑިފެންސް މިނިސްޓްރީން ހުއްދަ ލިބުނުހާ އަވަހަށް ލުތުފީ ރާއްޖެ ގެންނާނަން” ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަކީ 3 ނޮވެމްބަރު 1988 ވަނަ އަހަރު ދިން އުދުވާނީ ހަމަލާގެ މޭސްތިރި އެވެ. ލުތުފީފިލާފައިވަނީ 2010 ވަނައަހަރު ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޭނާ ބޭސްފަރުވާއަށް ލަންކާއަށް ދިިޔުމަށް ހުއްދަދިނުމައެކު ލަންކާއަށް ގޮހެވެ.