English Edition
Dhivehi Edition
ފޮޓޯ:އޭއޯ ނިއުސް

އަންނަ އޮގަސްޓު މަހުގެ 1 އިން 3އަށް އީކުއޭޓަރ ވިލެޖުގެ ބުލޫ ލެގޫންގައި ބާއްވަން ހަމަޖެހިފައިވާ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019ގެ ސިޓީ ހޮޓެލް ޕާޓްނަރަކަށް ޓައިޓޭން މޯލްޑިވްސް އިން ‘ވޭވް ސައުންޑު’ އާއި އެކު އިއްޔެ ސޮއިކޮށްފިއެވެ.

އިއްޔެ ހަވީރު 3S ގެ ވޭވްސައުންޑު ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވޭވް ސައުންޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ވޭވްސައުންޑުގެ ޑިރެކްޓަރ ޝަރަފުޒާދު ސަޢީދެވެ. އަދި ޓައިޓޭން މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ޒީނަތު ޙަސަން އެވެ.

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 އާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޒީނަތު ވިދާޅުވީ މި އެކްސްޕޯއަށް މެހުމާނުންނާއި އެގްޒިބިޓަރުން ހިމެނޭގޮތަށް ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތް ކުރައްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެން ކަމުން މި އެކްސްޕޯ އަކީ ސްޕޮންޒަރުންނަށާއި އެގްޒިބިޓަރުންނަށް، ވިޔަފާރިތަކާއި ޕްރޮޑަކްޓްސްތަށް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމުގައެވެ.

ޒީނަތު އިތުރަށް ވިދާޅުވީ މި އެކްސްޕޯއަށް ބޮޑެތި ވިޔަފާވެރިންނާށާއި ނޫސްވެރިންނަށާއި ޓްރެވެލް އެޖެންޓުންނަށާއި ޓްރަވެލް ބްލޮގަރުންނާށާއި ޓީވީ ޗެނަލްތަކަށާއި ދިވެރާއްޖޭގެ ރިސޯޓުތަކާއި ހޮޓެލް ތަކާއި ސެލެބްރިޓީންނަށް ދައުވަތު ދެވިފައިވާ ކަމަށެވެ. ޖުމުލަ ސާޅީސް އެގްޒިބިޓަރުންނަށް މި އެކްޕޯގައި ބައިވެރި ވުމަށް ފުރުޞަތު ދެވޭއިރު 10 އިންސައްތަ އެގްޒިބިޓަރުންނަކީ ބޭރުގެ އެގްޒިބިޓަރުން ކަމުގައި ވާނެކަމަށެވެ. އަދި އެކްސްޕޯއަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިވްއަވޭ ގިފްޓްސް ގެ ގޮތުގައި އަގުބޮޑު އިނާމުތައްވެސް ހުށަހަޅާފައިވާ ކަމަށްވެސް އެނާ ވިދާޅުވިއެވެ.

މި އެކްސްޕޯގެ ހޮޓެލް ޕަރޓްނަރ ވޭވް ސައުންޑަކީ އައްޑޫސިޓީ މަރަދޫ ފޭދޫގައި ހުންނަ ހިތްގައިމު ބީޗް ހޮޓެލެކެވެ. ހޮޓަލުގައި ތިބެގެން އިރު އޮއްސޭ މަންޒަރު ބަލާލެވޭ ރީތި ހުދު ދޮންވެލިގަނޑެއްގައި އަރާމުކޮށްލުމުގެ ފުރުޞަތު ލިބޭ ހޮޓަލެކެވެ.

ވޭވް ސައުންޑަކީ ގެސްޓުންނަށް، ރެސްޓޯރެންޓުގެ ޚިދުމަތާއި ރޫމް ސަރވިސް އަދި ފްރޮންޓްޑެސްކްގެ ޚިދުމަތް 24ގަޑި އިރު ފޯރުކޮށްދޭ، މުޅިން ހިލޭ ވައިފައިގެ ޚިދުމަތް ލިބޭ ހޮޓަލެކެވެ. ހޮޓަލުގެ ކޮންމެ ކޮޓަރިއެއްގައި ފްލެޓްސްކްރީން ޓީވީ އާއި ފާޚާނާއެއް ހުރެއެވެ.

 

ވޭވްސައުންޑުން ގެސްޓުންނަށް އުފާވެރިކަމާއި އެކު މަޖާކޮށްލުމަށް ތަފާތު ފުރުޞަތުތައް ހުޅުވާފައި ހުރެއެވެ. އެގޮތުން ސްނޯކްލިން، ޑައިވިން، ނައިޓް ފިޝިން އަދި އައިލެންޑް ހޮޕިންގް ފަދަ ފުރުޞަތުތަށް ހުޅުވިފައިވެއެވެ.

ޓައިޓޭން މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި ބާއްވާ ސަދަން މޯލްޑިވްސް އެކްސްޕޯ 2019 އަކީ ރާއްޖޭގައި، ބޭރުގެ އެގްޒިބިޓަރުންނާއި އެކު ބޭއްވޭ މިފަދަ ފުރަތަމަ ބިޒްނަސް އެކްޕޯއެވެ.

މި އެކްސްޕޯގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި އައްޑޫސިޓީ، ވިޔަފާރީގެ ގޮތުން ގުޅި މާލެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ބްރޭންޑްތަކަށް އައްޑޫގައި ވިޔަފާރި ކުރުމަށް ހުރި ފުރުސަތު ތަކަކީ ކޮބައިކަން އެނގި ވިޔަފާރިތައް ގުޅުވައިލުމަށް މަގުފަހިވާނެ ކަމަށްވެސް ޓައިޓަން މޯލްޑިވްސް އިން މައުލޫމާތު ދެއްވައެވެ.