English Edition
Dhivehi Edition

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން އާންމުންނަށް ހިއްސާ ވިއްކުމަށް ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ މިއަދު މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމްއައިބީ އިން ބުނީ، ހިއްސާ ވިއްކަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ.

މި ބައްދަލުވުމުގައި އެ ބޭންކު ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށްފަހު އާންމުންނަށް ވިއްކުމަށް ހުށަހަޅާފައިވަނީ 244 މިލިއަން ރުފިޔާގެ ހިއްސާކަމަށެވެ. މީގެ އިތުރުން އެ ބޭންކުން ބުނީ ހިއްސާގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް އިސްލާމިކް ބެންކުގެ 4.5 މިލިއަން ހިއްސާ ( 157 މިލިއަން ރުފިޔާގެ ހިއްސާ) ގެ އިތުރުން އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ ގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އަދި ޖުމްލަ އާއްމު ހިއްސާގެ ގޮތުން 6،975،000 ހިއްސާކަމަށެވެ.

އިސްލާމިކް ބޭންކުގެ ސީއީއޯ އަބުލް އިހްތިޝާމް އަބްދުލް މުހައިމިން ވިދާޅުވީ ހިއްސާއެއް ވިއްކަނީ 35 ރުފިޔާއަށް ކަމަށާ ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ނެގޭނީ (700 ރ ގެ 20 ހިއްސާ ކަމަށެވެ. އަދި ކުރިއަށް އޮތްތާ މި އަދަދު 10 ހިއްސާގެ ރޭޓުން ބޭނުން އަދަދަކަށް އިތުރުކުރެވޭނެ ކަމަށް ވެސް އިހްތިޝާމް ވިދާޅުވިއެވެ.