English Edition
Dhivehi Edition

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ލަންކާގެ ހަނގުރާމަވެރިންނާއި އެކު އައިސް ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށްލި ލޭއޮހޮރުވުން ހިންގުމުގައި އިސް ރޯލެއް އަދާކުރި ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ރާއްޖެ ގެނައުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރައްވާ މަސައްކަތެއް އޮތްނަމަ އެކަން ހާމަކުރެއްވުމަށް އެމްޑީޕީގެ ޗެއަރޕަރސަން، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

“ޢަބްދުﷲ ލުޠުފީ ރާއްޖެ ގެނައުމަށް ކުރާ މަސައްކަތެއް އޮތިއްޔާ ފުލުހުން އެކަމެއް ސާފުކޮށް ރައްޔިތުންނަށް ކިޔައިދޭންޖެހޭ. ކަންކަން ވަންހަނާ ކުރުމަކީ އޯގާތެރި ސަރުކާރުގެ ސިފައެއް ނޫން.” ފުލުހުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ޓެގްކުރައްވާ ހަސަން ލަތީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ބާޣީ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގާއި ހުރިކަން ފަޅާ އަރުވާލީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އެވެ. ރާއްޖޭގެ އެތައް ސަތޭކަ ބައެއް މިކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް މީސްމީޑިޔާގައި ވާހަކަތައް ދައްކަން ފެށުމުން ފުލުުހުން ބުނީ 48 ގަޑިއިރު ތެރޭގައި ލުތުފީ ރާއްޖެ ގެންނާނެ ކަމަށެވެ. ނަމަވެސް އެކި އުޒުރުތައް ދައްކާ މިއަދާއި ހަމައަށް ވެސް ފުލުހުންނަކަށް ލުތުފީ ރާއްޖެ ނުގެނެވެއެވެ.

ބާޣީ ލުތުފީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ފޮރުވައިގެން ގެންގުޅޭތާ މާދަމާ އަށް ދެމަސް ދުވަސް ފުރިހަމަ ވާނެއެވެ.