English Edition
Dhivehi Edition

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 6 މަސް ފަހުން އިންޑިޔާގެ ޑޮކްޓަރަށް ދައްކަން އޭނާގެ ލޮލަށް ފަރުވާ ކުރި ޑޮކްޓަރު ލަފާ ދެއްވައިފި އެވެ.

މިހާރު އަދީބު ހުންނެވީ އަނބިކަނބަލުންނާއި އެކު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންނެވެ.

އިންޑިއާގެ ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކުން އަދީބު، އޭނާއަށް ޖެހިފައިވާ ގުލަކޯމާ ބައްޔަށް މިހާރު ފަރުވާ ހޯއްދަވަމުން ދާއިރު އޭނާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެއްވާ ޑޮކްޓަރު ޝްރުތިކާ ކަންކާރިޔާ ޓައިމްސް އޮފް އިންޑިއާ ނޫހަށް ވިދާޅުވި ގޮތުގައި ޖޫން 18 އިން 24 އަށް އެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އަދީބަށް ލަފާދީފައި ވަނީ ހަ މަސް ފަހުން އެނބުވި ވަޑައިގަންނަވާށެވެ.

އަދީބަށް ގުލަކޯމާ ޖެހިފައިވާކަން އެނގުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމާއި އެކަމާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށް ޖަލު ބަންދުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު އެވެ.