English Edition
Dhivehi Edition
ކުރީގެ ނައިބްރައީސް އަޙްމަދު އަދީބު؛ ފޮޓޯ އަވަސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ އިން ބޭރަށް ފުރާ ވަޑައިގެންފިއެވެ.

އަދީބު ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނި ގޮތުގައި އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް އެ ޕާޓީގެ ލީޑަރު އަދީބު އިތުރު ބޭސްފަރުވާއަށް ސިންގަޕީރަށް ފުރާ ވަޑައިގެންފައިވާކަމަށެވެ.

އެމްޓީޑީން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2015-2018 އަށް އަދީބަށް ނުހައްގުން އަނިޔާދީ، ބޭސްފަރުވާ އަށް ހުރަސް އަޅާފައިވާކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި، އަދީބު އަށް އެކަށީގެންވާ ބޭސްފަރުވާއެއް ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާކަމަށް ގަބޫލުކުރާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އަދީބު ސިންގަޕޫރަށް ދަތުރު ކުރަމުން ދަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުންނެވެ.