English Edition
Dhivehi Edition

ބޭސްފަރުވާގެ ކަންކަން ފަސޭހަކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި އާސަންދަ ކުންފުންޏަށް، ޝަކުވާތަކާއި ސުވާލުތައް ހުށައެޅުމަށް މެސެޖް ކުރެވޭ ޙާއްސަ ނަމްބަރެއް ތައާރަފް ކޮށްފިއެވެ.

އެގޮތުން އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައްޔިތުންގެ ހިތްތަކުގައި އެ ކުންފުނީގެ މަސައްކަތާ ގުޅޭގިތުން އުފެދޭ ޝަކުވާތަކާއި ސުވާލުތައް ހުށަހެޅުމަށް “ޝިކާވަތި” ނަމުގައި މެސެޖު ކުރާނެ ނަންބަރެއް ގާއިމު ކޮށްފައިވާ ކަމަށެވެ.

ޝަކުވާތަކާއި ސުވާލުތައް ހުށަހެޅުމަށް މެސެޖު ކުރާނެ ނަންބަރަކީ 7951400 އެވެ. އާސަންދަ ކުންފުނިން ބުނީ މި ނަންބަރަށް ވަޓްސްއެޕް، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ވެސް މެސެޖު ކުރެވޭނެ ކަމަށެވެ.

އާސަންދަ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޝަކުވާއާއި ސުވާލުގެ އިތުރުން އާސަންދައިގެ ޚިދުމަތްތަކާއި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި ބެހޭގޮތުން އެއްވެސް ކަމެއް ރިޕޯޓްކުރައްވަން ބޭނުންފުޅުވާނަމަ މެސެޖާއި ފޮޓޯ ވެސް އެ ނަމްބަރަށް ފޮނުއްވެވޭނެ ކަމަށެވެ.

މީގެ އިތުރުން އެކުންފުނީގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ރައްޔިތުންގެ ޚިޔާލުވެސް ތައާރަފް ކޮށްފައިވާ ނަމްބަރަށް ފޮނުވޭނެ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޓެގު