English Edition
Dhivehi Edition
އާސަންދަ ކޮމްޕެނީ ލިމިޓެޑް - ފޮޓޯ: ފޭސްބުކް

އާސަންދައިގެ ހުުރިހާ ހިދުމަތަކަށް އޮންލައިންކޮށް އެދެވޭ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފިއެވެ.

އާސަންދައިން ވަނީ ހިދުމަތްތައް އޮންލައިންކޮށް އެދެވޭ ގޮތައް ބަދަލުކޮށް “މައި އާސަންދަ” ނަމުގައި ވެބް ޕޯޓަލްއެއް ތައާރަފު ކޮށްފައެވެ. އާސަންދައިން ބުނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ފުރައިދޭ ރެކޮމެންޑޭޝަން ފޯމު، މި މަހު 15 އިން ފެށިގެން ބަލައިގަންނާނީ އެ ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށެވެ.

އާސަންދަގެ ޕޯޓަލް މެދުވެރިކޮށް އެދެވޭ ހިދުމަތްތަކުގެ ތެރޭގައި އާސަންދައިގެ އިތުރުން ވެލްފެއާގެ އެހީތެރިކަމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުން، އެޕްލިކޭޝަންގެ ސްޓޭޓަސް ޕޯޓަލް އިން ބެލުން އަދި ޑޮކްޓަރުންނަށް ރެކޮމެންޑޭޝަން ފޯމު ޕޯޓަލްގެ ތެރެއިން ފުރައިދިނުން ހިމެނެއެވެ. މީގެއިތުރުން އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާ ނަމަ، އެވެސް ޕޯޓަލްގެ ތެރެއިން ހުށަހެޅުން ހިމެނެއެވެ.

އާސަންދަ އިން ބުނީ ހިދުމަތްތައް ހޯދަން އެ ކުންފުނީގެ ކައުންޓަރަށް ދެން ދާން ނުޖެހޭނެ ކަމަށާއި ނަމަވެސް އެތަންތަން މެދުވެރިކޮށް ހޯއްދަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ހިދުމަތް ލިބޭނެކަމަށެވެ.