English Edition
Dhivehi Edition

އައްޑޫ އާ ހޮސްޕިޓަލުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އެމްއާރު އައި މެޝިން ހިފައިގެން އަންނަ ކާގޯ ފްލައިޓް މިއަދު ފަތިހު އައްޑޫއަށް އައިސްފިއެވެ.

ދުބާއީން ފުރައިގެން އައި މި ފްލައިޓް ކުރިން އައްޑޫއަށް އައުމަށް ހަމަޖެހިފައި އޮތީ އިއްޔެގެ މެންދުރުގެ ވަގުތެއްގައި ނަމަވެސް ފަހުން އެއާލައިނުން ވަނީ ގަޑިއަށް ބަދަލުގެނެސްފައެވެ.

ދިވެހި ސަރުކާރުން ކުއްޔަށް ގެނައި މި ފްލައިޓަކީ ދުނިޔޭގެ އެންމެ ބޮޑު ކާގޯ ފްލައިޓްތަކުގެ ތެރެއިން ފްލައިޓެކެވެ. މެޝިން ހިފައިގެން އައި މި ފްލައިޓް ގަމުގެ ވައިގެ ބަނދަރުގައި ޖައްސާފައިވަނީ ފަތިހު 5:05 ގައެވެ.

އަންނަ އޮގަސްޓް މަހު އައްޑޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ 100 އެނދުގެ އާ ހޮސްޕިޓަލަކީ އައްޑޫގައި އިމާރާތްކޮށްފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެތަނުގެ މަސައްކަތް ކުރަނީ އެލިއާ ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުންޏަށް 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.