English Edition
Dhivehi Edition

ޅ. ނައިފަރުގައި 16 އަހަރުގެ އަންހެންކުއްޖެއް ވިހާފައިވާ ކަމަށާއި ކުޑަ ކުއްޖާއަށާއި މަންމަ އަށް ބޭނުންވާ އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަން އާއިލާއާއި ގުޅިގެން ފޯރުކޮށްދެމުން އަންނަކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީން މީޑިއާތަކަށް މައުލޫމާދު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި އުތުރުގެ ރަށަކަށް ނިސްބަތްވާ 18 އަހަރުން ދަށުގެ ކުއްޖެއް ބަލިވެއިން މައްސަލަ އެ އެރަށު ހޮސްޕިޓަލުން މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ފޮރޮޓެކްޝަން ސާރވިސް ސެންޓަރުގެ ސަމާލުކަމަށް ގެނައުމާއި ގުޅިގެން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

ސޯޅަ އަހަރުގެ އަންހެން ކުއްޖާ ވިހެއި ދަރިފުޅުގެ ބައްޕައަކީ 15 އަހަރުގެ ކުއްްޖެކެވެ. އަދި އެ ކުއްޖާއަކީ ނައިފަރު ސްކޫލުގެ ގްރޭޑް 10އެއްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެއް ކަަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.