English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ރަކޯލްބް ލީގަލް

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 79 މައްސަލަ، މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު އޮކްޓޯބަރު މަސްތެރޭ ރިޕޯޓްކޮށްފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 79 މައްސަލަގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ އިހުމާލުގެ މައްސަލައެވެ، މި ގޮތުން އެ މަސްތެރޭ ވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ 23 މައްސަލަ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ޖިންސީ ގޯނާގެ 22 މައްސަލައަކާއި، ޖިސްމާނީ ހާނިކައިގެ 12 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.އަދި ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ ހުށަހަޅާފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށްދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 2 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު ގަނާ ކުރުމުގެ 2 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ބްލެކްމެއިލް ކުރުމުގެ މައްސަލައަކާއި އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ވަނީ ހާމަކޮށްފައެވެ.

ޖެންޑާ މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 13 މައްސަލަ އެއް ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންގެ އަހްލާގާއި ގުޅުން ހުރި 17 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ގެއިން އިން ނިކުމެގެން ދިއުމުގެ 6 މައްސަލައަކާއި، ރުޅި އިސްކުރުން / ރުޅިގަދަވެގެން އުޅުމުގެ 4 މައްސަލައެކެވެ.އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 3 މައްސަލަ އާއި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ 2 މައްސަލައެއްވަނީ ހުށަހަޅާފައެވެ.