English Edition
Dhivehi Edition
މީދޫ ބަނދަރު ތޮށިގަނޑު- ފޮޓޯ އަޔާޒް

ސ.މީދޫގެ ބަނދަރުގެ އިތުރުން ދެ ރަށެށްގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސ.މީދޫގެ ބަނދަރުގެ އިތުރުން ށ ނޫމަރާ، ނ ހެނބަދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މީދޫ ބަނދަރު ހެދުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާރު، އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.މީދޫގައި ބަނދަރު ހެދުމަށް 365 ދުވަހުގެ މުއްދަތެއް ދީފަައިވާއިރު މި މަޝްރޫއުގެ ޖުމްލަ އަގަކީ 35.4 މިލިއަން ރުފިޔާއެވެ.

މީދޫގެ ބަނދަރުގެ ތޮށިގަނޑު ވަރަށް ބޮޑަށް ހަލާކުވެ ދޔަވަރު ބޮޑުވާ ގަޑިތަކުގައި އެ ސަރަހައްދަށް ލޮނު އަރަމުން އަންނައިރު، މި މައްސަލައަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި މީދޫގެ ރައްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ.