English Edition
Dhivehi Edition

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ ސިޓީ މީދޫގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

އައްޑޫ ސިޓީ މީދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބަނދަރު ހުޅުވައިދެއްވުމަށްފަހު ވަނީ އައްޑޫ ސިޓީ ކައުންސިލާ ބަނދަރު ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީ މީދޫ ބަނދަރުގެ މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 23 ޖޫން 2019 ގައި އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ. އެމްޓީސީސީގެ މި މަޝްރޫއުގެ ދަށުން ސ. މީދޫގެ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާ، 621 މީޓަރު އެއްގަމު ތޮށި ލުމާއި، އެއްގަމު ތޮށި ވަށައިގެން 3،125 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ބަނދަރުގައި 11މ ގެ ރޭމްޕް އެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިންގ ހުކްސް ހަރުކުރުމުގެ އިތުރުން ބޮލާޑް ހަރުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަޝްރޫއަކީ 36.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އައްޑޫ ސިޓީ މީދޫ ބަނދަރުގެ އިތުރުން ރައީސް ވަނީ އައްޑޫސިޓީ މަރަދޫ ބަނދަރާއި މަރަދޫފޭދޫ ބަނދަރުވެސް ރަސްމީކޮށް ހުޅުވައިދެއްވާފައެވެ،