އަންނަ ސީޒަނުގައި ރޮނާލްޑޯގެ ފަރާތުން 40 ލަނޑު ފެންނަން ބޭނުން – ސާރީ
3 މަސް ކުރިން
ޝާން މުޙައްމަދު

މިއަހަރުގެ އޮގަސްޓުމަހުގައި ފެށޭ އާ ސީޒަނަށް ހުރިހާ ޓީމުތަކެއްވެސް މިހާރު ތައްޔާރުވަމުން ދާއިރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން 40 ލަނޑު ފެންނަން ބޭނުންކަމަށް ޔުވެންޓަސްގެ ކޯޗުކަމާއި އަލަށް ޙަވާލުވި މައުރީޒިއޯ ސާރީ ބުނެފިއެވެ.

ރެއަލްމެޑްރިޑްގައި ހޭދަކުރި ދުވަސްވަރުގައި ކުޅުނު ފެންވަރުގެ ކުޅުމެއް އަންނަ ސީޒަންގައި ރޮނާލްޑޯގެ ފަރާތުން ފެންނަން ސާރީ ބޭނުންވެއެވެ.

Advt

Advertisement

ނިމުނު ސީޒަންގައި 34 އަހަރުގެ ރޮނާލްޑޯއަށް ސީރީއާގައި ކާމިޔާބުކޮށްދެވިފައިވަނީ އެންމެ 21 ލަނޑެވެ. އަދި ސީރީއާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުން ރޮނާލްޑޯއަށް ލިބުނީ 4 ވަނައެވެ. އުމުރުން 37 އަހަރުގެ ފަބިއޯ ކުއަގްލިއަރެއްލާ މިލިސްޓްގެ އެއްވަނާގައި އޮތީ ޖުމްލަ 26 ލަނޑާއެކުގައެވެ.

ސާރީ ބުނީ އޭނާ އަށް ޗެލްސީގެ ވަރަށް މޮޅު ކުޅުންތެރިންނަށް ކޯޗުކަން ކޮށްދެވިއްޖެ ކަމަށާއި ނަމަވެސް ރޮނާލްޑޯގެ ކޯޗަކަށް ހަމަޖެހުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ރޮނާލްޑޯ އަށް ފުޓުބޯޅައިގެ ދުނިޔޭގައި ލިބޭ ހުރިހާ އެވޯޑެއް ލިބިފައިވީނަމަވެސް އަދިވެސް އިތުރު އެވޯޑްތައް ހޯދައިދިނުމަށް ބޭނުންވާ ކަމަށެވެ.