English Edition
Dhivehi Edition

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މިރޭ ޗެކް ރުޕަބްލިކާއި ދެކޮޅަށް ކުޅޭ މެޗަށް %100 ފިޓުކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މިރޭ ޗެކް ރުޕަބްލިކާއި ދެކޮޅަށް ޕޯޗުގަލް ކުޅެން އޮތް މެޗުގެ ކުރިން މީޑިއާއާއި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މިރޭގެ މެޗަށް އޭނާ ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިރޭގެ މެޗަށް %100 ފިޓުކޮށް ހުރިކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ރޮނާލްޑޯ ބުނީ މުބާރާތުގައި ޕޯޗުގަލް ކުޅޭ ކޮންމެ މެޗަކީވެސް މުހިންމު މެޗެއް ކަމަށާއި އެހެންކަމުން މެޗުތަކުން މޮޅުވުމަކީ ކޮންމެހެންވެސް ބޭނުންކަމެއް ކަމަށެވެ.

ރޮނާލްޑޯ އިތުރަށް ބުނީ އަޒުމަކީ މިފަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކުރުން ކަމަށާއި އެގޮތުން މުޅި ޓީމުވެސް އޮތީ އެ އަޒުމުގައިކަމަށެވެ.

” މިރޭގެ މެޗަކީ އަހަރެމެން މި މުބާރާތުގައި ކުޚޭ ފުރަތަމަ މެޗު. މިވަގިތު ވިސްނުން ހުރީ މިރޭގެ މެޗަށް. އަހަރެން މިހުރީ މި މެޗަށް %100 ފިޓުކޮށް.” ރޮނާލްޑޯ ބުނެފައިވެއެވެ.