English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރެއްގެ މަގާމަށް ސ. ފޭދޫ ބޯގަންވިލާ ޝަރަފުއް ސާދާތު ހަމަޖައްސަވައިފިއެވެ.

އެޗްއާރުއެޗްގެ މެނޭޖަރ ހެލްތް ސަރވިސްގެ މަގާމަށް ސާދާތު ހަމަޖައްސަވާފައިވަނީ ޖޫން މަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މާދަމާ 24 ޖޫން އިން ފެށިގެން ރަސްމީކޮށް ސާދާތު އެޗްއާރުއެޗްގައި މަސައްކަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ސާދާތު ވަނީ ފޭދޫ ސިއްހީ މަރުކަޒުގައްޔާއި އެޗްއާރއެޗްގައި އެސިސްޓެންޓް ހެލްތު އޮފިސަރ ގެ މަގާމު އަދާކުރައްވަވާފައެވެ.

އެޗްއާރުއެޗްގައި މިވަގުތު ވަގުތީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަވަމުން ގެންދަވަނީ ބ. އަތޮޅު ހޮސްޕިޓަލްގެ ހިންގެވުމުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އަދި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަހްމަދު ވަހީދުއެވެ.

“އޭއޯ ނިއުސް” އަށްމައުލޫމާތު ދެއްވަވަމުން ވަހީދު ވިދާޅުވީ މާދަމާއިން ފެށިގެން ސާދާތު މަގާމާ ހަވާލުވެލެއްވެވި ނަމަވެސް އަދި ކުޑަ ދުވަސްކޮޅަކަށް ވަހީދު ވެސް އެޗްއާރުއެޗްގެ މަގާމުގައި ހުންނަވާނެ ކަމަށެވެ.