English Edition
Dhivehi Edition

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ މޭނޭޖަރަކަށް ހުންނެވި ސ. ހިތަދޫ، ރިޔާޒު، އަބްދުﷲ ޖަމީލް އެމަގާމުން މިއަދު ވަކިކުރައްވައި އެކަން އޭނާއަށް އަންގަވައިފިއެވެ. ޖަމީލް ވިދާޅުވީ ވަޒީފާއިން ވަކިކުރެއްވި ކަމުގެ ސިޓީ ލިބިވަޑައިގެންނެވީ މިއަދު މެންދުރުފަހު 2:30 އެހައިކަންހާއިރު ކަމަށެވެ. ވަޒީފާއިން ވަކިކުރެއްވި އެއްވެސް ސަބަބެއް އެސިޓީގައި ވިދާޅުވެފައެއް ނުވެއެވެ. “އަޅުގަނޑުހުރީ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މަގާމެއްގައި. އެހެންވީމާ ގާނޫނު އަސާސީން ރައީސަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ވަކިވެސް ކުރެވޭނެ. ވަކިކުރި ސަބަބެއްނެތް ސިޓީއަކު. އިތުރަށްއޮތީ އަޅުގަނޑު ކޮށްދިން ޚިދުމަތަށް ޝުކުރުއަދާ ކުރައްވާ ކަމަށް،” ޖަމީލް ވިދާޅުވިއެވެ. އެޗުއާރުއެޗުގެ މެނޭޖަރުކަމަމަށް ޖަމީލް އައްޔަން ކުރައްވާފައިވަނީ 2015 ވަނަ އަހަރުއެވެ. ޖަމީލް އެމަގާމަށް ވަޑައިގެންނެވުމުގެ ކުރިން މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގައެވެ.