English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

މަންމައަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުން އައި އައްޑޫ ސިޓީ މީދޫ މީހެއްގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބަހައްޓަން މީދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފި އެވެ.

މައުލޫމާތުު ލިބިފައިވާގޮތުގައި މިމީހާއަކީ ތަފާތު އެކި ބާވަތްތަކުގެ ކުށުގެ ރިކޯޑް އޮތްމީހެކެވެ.

އޭއޯނިއުސް އަށް އެނގިފައިވާގޮތުގައި މިމީހާ ދަނީ މީގެ އަހަރުތަކެއް ކުރީންފެށިގެން އޭނަގެ މަންމައަށް މަރުގެ އިންޒާރު ދެމުންނެވެ. އަދި އެކި ކުށްތަކުގައި އެކިފަހަރު މަތިން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައި ވީނަމަވެސް މީނަވަނީ މައްސަލަ ނުނިމޭތީ ބަންދުން ދޫކުރެވިފައެވެ. މި ހިނގާ ޖޫންމަހުގެ 17 ވަނަދުވަހު މިމީހާ މަންމަ މަރާލާނެކަމަށް ބުނެ އަނެއްކާ ބިރުދައްކަމުންދާތީ ފުލުހުންނަށް ރިޕޯޓް ކުރުމުން އޭނާ އެދުވަހު ހައްޔަރުކޮށްފައި ވާކަމަށް ހުޅުމީދޫ ޕޮލިސްޓޭޝަނުން މައުލޫމާތު ދެއްވައެވެ.

ހުޅުމީދޫ ޕޮލިސްޓޭޝަނުން ބުނީ މިމައްސަލަ ތަހުގީގުކޮށް މިހާރު ޕީޖީ އޮފީހުން ވަކިގޮތެއް ނިންމަންދެން މީނަ ހުރީ ފުލުހުންގެ ބަންދުގައި ބަހައްޓާފައެވެ.

 

1 ކޮމެންޓް
ހަސަން ނުވަވަނަ
ޖޫން 21, 2019
ބަނޑު އަޅައި ވިހޭ އަމިއްލަ މައިމީހާއަށް މަރުގެ އިންޒާރު ދެނީ އިންސާނެއްބާ ހީވަނީ ޖަނަވާރެއް ހެން