އައްޑޫސިޓީ ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއު ގާތްގަނޑަކަށް ނިމުމަކާ ހަމަޔަށް އައިސްފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މިމަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން މިއަދު ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މި މަސައްކަތުގެ 97 އިން ސައްތަ އެއްކޮށް ނިމިފައިވާ އިރު އެމަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ ފެން ހިންދާ ޕަމްޕް ސްޓޭޝަން ގާއިމު ކުރުމުގެ މަސައްކަތުގެ 83 އިން ސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ.
މުޅިން އަލަށް ހުޅުދޫމީދޫގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދަމުން އަންނަ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 6،060 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރުމާއި މަގުގައި ދުއްވޭ ގޮތަށް 17،776 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރުމާއި މަގު ބައްތި ހަރު ކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 41.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހުޅުމީދޫ ބޮޑު މަގު (ބަހާއުއްދީން މަގު) ހެދުމުގެ މަޝްރޫއު ނައިބު ރައީސް ފައިސަލް ނަސީމް ފައްޓަވައިދެއްވީ 04 އެޕްރީލް 2019 ގައެވެ. ބޮޑު މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވުމުގައި އޮތްނަމަވެސް ތަފާތު ސަބަބުތަކާހެދި މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ. 1810 ސްކުއާ މީޓަރުގެ މި މަގުގައި ފެން ހިންދާ ނިޒާމްވެސް ގާއިމް ކުރެވިގެންދާނެއެވެ.