English Edition
Dhivehi Edition
ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް މިއަދު ޗިޓު ހަވާލުކޮށްފިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން މައްސަލަތަކުގެ ތަހުގީގު މާދަމާ ހެނދުނު ދަރުބާރުގޭގައި އާންމުކޮށް ހުޅުވާލައިގެން ފަށާ ގޮތަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިންވަނީ ނިންމާފައެވެ.

ފަނޑިޔާރު ދީދީގެ ދެ މައްސަލައެއް އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް ޖޭއެސްސީއިން ނިންމީ ދީދީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްސަލަބަލާ ކޮމެޓީގައި އެ ގޮތަށް އެދިވަޑައިގަތުމާއި ގުޅިގެންނެވެ.

ޖޭއެސްސީއިން އާންމުކޮށް ހުޅުވާލައިގެން ބާއްވަނީފަނޑިޔާރު ދީދީގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ރިޝްވަތުގެ ތުހުމަތުވާ މައްސަލަ އާއި އަދި ޖޭއެސްސީގެ ނިންމުމަށް ތަބައިނުވެ މަސައްކަތަށް ނިކުތް މައްސަލަ ކަމަށެވެ. ޖޭއެސްސީއިންވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖުމްލަ ފަސް ސުލޫކީ މައްސަލައެއް ހުށަހަޅާފައެވެ.