English Edition
Dhivehi Edition
ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަޙްޤީޤް ކުރަމުންދާ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް ޖޭއެސްސީ އިން ނިންމައިފިއެވެ.

ޖޭއެސްސީއިން މިއަދު ބުނީ އާންމުކޮށް ހުޅުވާލައިގެން ބާއްވަނީ ފަނޑިޔާރު ދީދީގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ރިޝްވަތުގެ ތުހުމަތުވާ މައްސަލަ އާއި އަދި ޖޭއެސްސީގެ ނިންމުމަށް ތަބައިނުވެ މަސައްކަތަށް ނިކުތް މައްސަލަ ކަމަށެވެ. ޖޭއެސްސީއިންވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖުމްލަ ފަސް ސުލޫކީ މައްސަލައެއް ހުށަހަޅާފައެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ އާންމުންނަށް ހުޅުވާލައިގެން ބާއްވަން ނިންމީ ދީދީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްސަލަބަލާ ކޮމެޓީގައި އެ ގޮތަށް އެދިވަޑައިގަތުމާއި ގުޅިގެންނެވެ.