English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭ މައްސަލާގައި ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲއާ ސުވާލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް އުދުވާނީ ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ލުތުފީ ފިލައިގެން އުޅޭ މައްސަލައިގައި މްރާނު މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާ އަށް އެ މައްސަލަ އެޖެންޑާކޮށް މިހާރު މަޖިލީހުން ވަނީ މިނިސްޓަރު އިމްރާނަށް ނޯޓިސް ފޮނުއްވާފައެވެ.އިމްރާން މަޖިލީހަށް ހާޒިރުކޮށް ދެ ސުވާލުކުރުމަށް ހަމަޖެހިފައިވާއިރު ކުރުމަށް ނިންމާފައިވާ ދެ ސުވާލަކީ ލުތުފީ އަނބުރާ ރާއްޖެ އަށް ގެނައުމަށް އެއްވެސް މަސައްކަތް ކުރޭތޯ އާއި މިހާރު ހުރި ތަނެއް ސަރުކާރަށް އެނގޭތޯއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައިވެސް ލުތުފީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، އެއިން ކޮންމެ ފަހަރަކުވެސް އޭނާ ފޮނުވާފައިވަނީ ސެކިއުރިޓީ އޮފިސަރުންނާއެކު ގައެވެ. ލުތުފީ ޖަލުގައި ހައްޔަރުކޮށްފައި ހުއްޓާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭސްފަރުވާ އަކަށް ލުތުފީ އިންޑިއާއަށް ފޮނުވާލިފަހުން އޭނަ އެބުރި ރާއްޖެ އައިސްފައެއް ނުވެއެވ.