English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް(އެޗް.އާރް.އެޗް) ހިމެނޭގޮތަށް އިތުރު ހަތަރު ހޮސްޕިޓަލް މާލެއާ އެއް ފެންވަރަކަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިއަދު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވީ، ސިއްހީ ޚިދުމަތްތައް އެއް ތަނަކަށް ތޮއްޖެހިފައި އޮންނަ އޮތުން ބަދަލު ކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން މާލެއާ އެއް ފެންވަރެއްގައި ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް 10 ރަށެއްގައި ހޮސްޕިޓަލުތައް ތަރައްޤީ ކުރުމަށް ވިސްނަވާފައިވާ ކަމަށާއި އެގޮތުން މިވަގުތު ޚާއްސަ ސަމާލުކަމެއްދީގެން ފަސް ހޮސްޕިޓަލެއް ތަރައްޤީ ކުރަމުން އަންނަ ކަމަށެވެ.

ހާއްސަ ސަމާލުކަމެއްދީގެން މިނިސްޓްރީން މިވަގުތު ތަރައްޤީކުރަމުން އަންނަ ހޮސްފިޓަލްތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްފިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ގަމު ރީޖަނަލް ހޮސްޕިޓަލް،އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ނުވަ ރަށެއްގެ ހެލްތު ސެންޓަރުތައް ހޮސްޕިޓަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ތަންތަން ބިޑު ކުރެވި މިހާރު އެ މަސައްކަތް އޮތީ އެވާރޑިންގް މަރުހަލާގައި ކަމަށެވެ.