English Edition
Dhivehi Edition

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ( އެޗްއާރު އެޗް) ހިނގުވި އިމާރާއް ކޮވިޑް އޮޱޮވިއްސައް ޚާއްޞަ އަސްފަތާލަކައު ހަދަމުން އޭ ވާހަކަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލި މެނޭޖަރ ޝަރަފުއް ސާދާތު ބެޱަފި
ޝަރަފުއްސާދާތު ބެޱީ 20 އެނދުގެ އައިސީޔޫ އަކާއި އެއްކޮއް އެ އަސްފަތާލުގެ މަސައްކައް މިކޯ ނިމުމަކާއި ހާމާއް އާއްސެއި އޮއްކަމައް.
އަދި އެޗްއާރުއެޗްގެ އިތިރައް ކޮވިޑް އޮޱޮވިއްސާއި ގުޅިގެން ކަރަންޓީން ފެސިލިޓީއަކައު ހަދަފެހި ހިށި، ގަމި ދޫގަހަސް މިކޯ އޮތީ ފުރިހަމާއް ތައްޔާރަވެފެއިކަމަށަސް ބެޱި. އަދި އިތިރި އެހެން ތަންތަނަސް ކަރަންޓީނު ފެސިލިޓީގެ ގޮތެ ތައްޔާރަކެރަމުން އޭ ވާހަކާއި އައްޑޫ އޮތީ ވައިރަސް ފެތުރިގޭ ހާލަތަކައް ތައްޔާރާށާއު އަސް ޝަރަފުއްސާދާތު ބެޱި. އަދި މިވަގުތެ ކަރަންޓީނު ފެސިލިޓީއަކި އެއްވިޔަސް މީހަކާ ނެއްކަމަށާއި މެހެއިތާން އައްޑޫން ނެގި ހުށުހެއި ސާމްޕަލި ނަތީޖާ ލިބެޱެ ވާހަކާއި، ހުށުހެއި ސާމްޕަލަސް ނައްސި ވެފެއި ވޭވާހަކަސް ބެޱި.
ކޮވިޑް އޮޱޮވިއްސާއި ގެޑިގެން އެޗްއާރުއެޗެ، ފުލޫކުލިނިކައު ހުޅުވަގަން އެތަނުން ޚިޒުމައް ދެމުން އޭކޯ، އެޗްއާރުއެޗުން މީގެ ކުރިން ދެމުންއާ ހުށުހެއި ޚިޒުމަތަކަސް މިކޯ ދެނީ 17 ވަނަ ސާކް ސަމިޓް ބާއް ހިތަދޫއެ ހެދި ކޮންވެންޝަން ސެންޓަރަށް ބަދަލަ ގިނާސްގެން ހެދި އައްޑޫއެކުއަޓޯރިއަލް ހޮސްޕިޓަލުން.