English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރުއެޗް) ގައި ދެމުންގެންދިޔަ ޚިދުމަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް (އޭއީއެޗް) އަށް ބަދަލުކޮށްފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޭއީއެޗް ގައި ބައެއް ޚިދުމަތް ތައް ދޭން ވަނީ ފަށާފައިވީ ނަމަވެސް އިމަޖެންސީ އަދި އައިޕީޑީ ގެ ޚިދުމަތް ތައް ދެމުން އައީ އެޗްއާރުއެޗް އިންނެވެ.

އޭއީ އެޗްއިން ބުނީ މިއަދު ހަވީރު 4:00 އިން ފެށިގެން ހުރިހާ ޚިދުމަތްތަކެއް ދެން ލިބެމުން ދާނީ އެ ހޮސްޕިޓަލުން ކަމަށެވެ. އަދި އެޗްއާރުއެޗް ބޭނުންކުރަމުން ދެން ގެންދާނީ ހަމައެކަނި ފްލޫ ކްލިނިކްގެ ގޮތުގައި ކަމަށެވެ.

ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:00 އަށް މެންދުރުފަހު 2:00 އިން 6:00 އަށެވެ. އަދި ރޭގަނޑު 7:00 އިން 10:00 އަށެވެ.

2012 ވަނަ އަހަރު 17 ވަނަ ސާކް ސަމިޓު ބޭއްވުމަށް ހިތަދޫގައި ހެދި ކޮންވެންޝަން ސެންޓަރު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައެވެ.