English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ‘އެޕޯލޯ’ ފިހާރަ ފަޅާލައި، އެ ފިހާރައިގެ އޮފީސް ތެރޭގައި ހުރި ތިޖޫރި ވަގަށް ނެގި މައްސާލަގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 19 އަހަރާއި 26 އަހަރުގެ އިތުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިހާރު މި ތިން މީހުންގެ ބަންދަށް 15 ދުވަސްޖަހާފައިވާ ކަމަށާއި މިހާތަނަށް ތިޖޫރީއިން ނަގާފައިވާކަމަށް ބެލެވޭ 14000 ރުފިޔާ އާއި 1200 ޑޮލަރު ހޯދާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަގަށް ނެގި ތިޖޫރީގެ ތެރޭގައި 1،200 ޑޮލަރު އަދި 27،000 ރުފިޔާ ހުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ކުރިން ފުލުހުންވަނީ ބުނެފައެވެ. މި މައްސަލައާއި ގުޅިގެން އޭރު ފުލުހުން ބުނީ ފުލުހުން ކުރި މަސައްކަތުން ތިޖޫރީ ފެނިފައިވާއިރު އޭގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.