English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގެ ފުރާޅުން ޓިނު ނައްޓައިގެން ވަދެ ވައްކަންކޮށްފި އެވެ.

ވައްކަން ކޮށްފައިވަނީ ހިތަދޫ “ކަޑާސް އެޓިކް” ފިހާރައިންނެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި އެފިހާރައިން ވައްކަން ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށްބެލެވެއެވެ..

އެފިހާރައިގެ ވެރިފަރާތް ކަމަށް ވާ ހަދީޖާ މޫސާ “އޭއޯ” އަށް މަުލޫމާތު ދެމުން ބުނީ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމްލަ އަގު އަދި ބުނަން ނޭނގޭ ކަމަށާއި އެހެން ނަމަވެސް ފިހާރައިން ބައެއް މުދާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ފިހާރައަށް ވަގުން ވަދެފައި ވަނީ، ފުރާޅުން ޓިނު ނެއްޓުމަށް ފަހު ސީލިންގް ގައި ބާގަނޑެއް ހަދައިގެންނެވެ. އަދި މިއީ މިފިހާރަ ފެޅި ތިން ވަނަ ފަހަރު ކަމަށް ވެރިފާރާތުން ބުންޏެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހުގީގް ކުރަމުންނެވެ.