English Edition
Dhivehi Edition
އައްޑޫސިޓީގައި ސީއެމްސީއޭއިން ކުރިއަށް ގެންދިޔަ ތައިޗީ ޕްރޮގްރާމުގެ ތެރެއިން

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގެ ފަރާތުން ފުވައްމުލަކު ސިޓީގައި ތައިޗީ ޓްރެއިނަރުންތަމްރީން ކުރުމުގެ ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޖޫން 27 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މިއީ މުޅިން ހިލޭ ބައިވެރިވެވޭ ވޯކްޝޮޕެކެވެ.

ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ވޯކްޝޮޕްގައި އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭ ބައިވެރިންނަށް ޗައިނާގައި އެޑްވާންސް ލެވެލް ކޯސް ފުރިހަމަ ކުރުމަށް ފުރުސަތު ދެވިގެންދާނެ ކަމަށް ސީއެމްސީއޭއިން ބުނެއެވެ.

މި ވޯކްޝޮޕްގައި ކިޔަވައި ދެއްވަވާނީ ސީއެމްސީއޭގެ ތައިޗީ މާސްޓަރ އަޙްމަދު ތޮލާލެވެ.

ތައިޗީއަކީ ޔޯގާގައި ކުރިއަށް ގެންދާފަދަ ކަސްރަތު ހަރަކާތްތަކެއް ދަސްކޮށްދިނުމުގެ އިތުރުން ސެލްފް ޑިފެންސް ހަރަކާތްތަކެއްވެސް ހިމެނޭ ޚާއްޞަ ކަސްރަތެކެވެ.

ތައިޗީ ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 9686555 މި ނަމްބަރަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.

ސީއެމްސީއޭ ގެ ފަރާތުން ވަނީ މިފަދަ ތަމްރީނު ޕްރޮގްރާމެއް އައްޑޫސިޓީގައި ވެސް ކުރިއަށް ގެންގޮސްފައެވެ.