English Edition
Dhivehi Edition

ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދާނީ ފަތިސް ނަމާދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެޑިޔުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިއަދު ރާއްޖޭގެ 22 ސްކޫލެއްގައި ފަށާފައިވާ ކަމަށެވެ.

އެގޮތުން ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރަނީ ހަމައެކަނި ސެޝަން ބަދަލުކުރުމުގެ މާނައިގައި ނޫން ކަމަށެވެ. ވަށާ ޖެހޭ ތައުލީމުގެ އަމާޒަކީ ދަރިވަރުންނަކީ ދުނިޔެއަށް ލޯހުޅުވި އެހެން މީހުންނާއެކު އުޅެން ދަސްވެފައިވާ ހުނަރުވެރި، ތައުލީމީ، ދީނަށް ލޯބިކުރާ، ހަށިހެޔޮ ކުދިން ތަކަކަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ތައުލީމީ އާ މަންހަޖުގެ މަގްސަދަކީ ދަރިވަރުން ޓެސްޓުތަކަށް ތައްޔާރުކޮށް ހަމައެކަނި ޓެސްޓުގެ ނަތީޖާއަށް ބެލުން ނޫން ކަމަށާޢި ދިރިއުޅުމަށް ފުރާފުރިހަމަވެފައިވާ ދަރިވަރުންތަކެއް މުޖުތަމައުއަށް ނެރެދިނުން ކަމަށެވެ.

އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމުން އެ އަމާޒަށް ވާސިލުވާން ފަސޭހަ ވެގެންދާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.