English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ގައި ތަރައްޤީ ކުރަމުންދާ ޓާޝަރީ ހޮސްޕިޓަލަށް ކައުންސިލުން ދިނުމަށް ނިންމާފައިވާ ނަންތައް ހާމަކޮށް ފިއެވެ.

ސިޓީ ކައުންސިލުން ކުަރައްވާފައިވާ ޓްވީޓްގައި ވަނީ، އެ ކައުންސިލުން ހޮސްޕިޓަލަށް ކިއުމަށް ތިން ނަމެއް ނިއްމާފައިވާ ކަމަށެެވެ. އެއީ ، އިކްއެޓޯރިއަލް އައްޑޫ ހޮސްޕިޓަލް، ސްވާދީބް ހޮސްޕިޓަލް އަދި އައްޑޫ ހޮސްޕިޓަލްއެވެ. އަދި ކައުންސިލުން ވަނީ، މިނަންތަކުގެ ތެރެއިން ނަމެއް ފާސްކުރުމަށްޓަކައި ޢާއްމުންގެ ޚިޔާލަށް އައްސަވާފައެވެ.

އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ތަރައްޤީ ކުރެވެމުންދާ ހޮސްޕިޓަލަކީ، ރައީސް ޔާމީނުގެ ސަރުކާރުން ތަރައްޤީ ކުަރަންފައްޓަވާ ފައިވާ ހޮސްޕިޓަލެކެވެ. ބޮޑެތި މަރާމާތު ތަކަކާއި އެކު މަރާމާތު ކުރެވޭ މި ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ މެޝިނަރީސް ބޭނުން ކޮށްގެން ޚިދުމަތް ދެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަ ކޮށްފައި ވެއެވެ.

އައްޑޫ ސިޓީއަކީ މާލެ ފިޔަވައި އެެއްމެ އާބާދީ ބޮޑު ސިޓީއެވެ. ނަމަވެސް މިސިޓީގެ ޞީއްޙީ ޙާލަތު އޮތީ ވަރަށްވެސް ދަށަށް ގޮސްފައެވެ. އައްޑޫ ރައްޔިތުން ތިބީ ، ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ނިމި ޚިދުމަތް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.