English Edition
Dhivehi Edition

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުން ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގަ އެވެ.މި އެއްބަސްވުންތަކުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ސަންޖޭ ސުދިރެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެއްބަސްވުން ގާއިމްކުރާ ދާއިރާއާ ގުޅުން ހުރި ދާއިރާތަކުގެ ވެރިންނެވެ.

އިންޑިއާ-ރާއްޖެއިން މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ ކަސްޓަމްސްގެ ދާއިރާއިން އެއްބާރުލުމުގެ އެއްބަސްވުމަކާއި،ސިވިލް ސާވަންޓުން ތަމްރީނު ކުރުމުގެ އެއްބަސްވުމަކާއި،ސިއްހީ ދާއިރާއިން އެއްބާރުލުމުގެ އެއްބަސްވުމެވެ. މީގެ އިތުރުން ހައިޑްރޯގްރަފީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމާއި އިންޑިއާ އާއި ރާއްޖެއާ ދެމެދު ކާގޯ އަދި ޕެސެންޖާ ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމާއި އެގްރިމެންޓް އޮން ޝެއަރިން ވައިޓް ޝިޕިން އިންފޮމޭޝަން ބިޓްވީން އިންޑިއަން ނޭވީ އެންޑް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް”ގެ ނަމުގައި ގާއިމް ކުރި އެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ

އެއްބަސްވުންތަކަށް ފަހު މޯދީ އާއި ރައީސް ވަނީ މާފިލާފުށީގައި ގާއިމްކޮށްފައިވާ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު އިފްތިތާހުކޮށް ދެއްވާފަ އެވެ. މީގެ އިތުރުން އިންޑިއާގެ އެހީގައި މ. މުުއްޔާއި ލ. ކައްދޫގައި ބެހެއްޓި ރާޑަރު ސިސްޓަމު ތައްވެސް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.