އެޕަލްސިޑާ ވިނެގާ ބޭނުންކުރާނަމަ މިކަންކަމަށް ސަމާލުވެލާ!
5 މަސް ކުރިން
ލުބްނާ މަޖީދް މުޚުތާރް

އެޕަލްސިޑާ ވިނެގާ އަކީ ގަރުނުތަކެއް ކުރިންވެސް ބޭސްވެރިކަމަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އޭގައިހިމެނޭ ސިއްޙީ އެތައްފައިދާއެއްގެ ސަބަބުން އެޕަލްސިޑާ ވިނެގާ ބޭނުން ކުރާމީހުން މިހާރުވެސް ވަރަށްގިނައެވެ. މީގައިހިމެނޭފައިދާ ތަކުގެތެރޭގައި، ބަރުދަން ލުއިކޮށްދިނުމާއި، ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދިނުން، ހަޖަމްގެ ނިޒާމް އަދި ހިތުގެބަލިތަކާއި ކެންސަރބައްޔަށް ވެސް ފަރުވާލިބެއެވެ. އެހެން ނަމަވެސް އެޕަލްސިޑާ ވިނެގަރ ބޭނުން ކުރުމުގައި ރަނގަޅުގޮތް ބަލައި އެގޮތަށް ބޭނުން ކުރުން ބުއްދިވެރިއެވެ. ސަބަބަކީ ނުރަނގަޅު ގޮތަކަށް މިބޭނުން ކޮށް ލެވިއްޖިއްޔާ އެތައް ނުރައްކަލެއް މީހާއާ ކުރިމަތީ ލާންޖެހިދާނެތީއެވެ.

ތިރީގައި މިވަނީ އެޕަލްސިޑާ ވިނެގާ ބޭނުން ކުރާނަމަ ވިސްނާލަންޖެހޭ ކަންކަން :

Advt

Advertisement

ކެއުމަށްފަހު ވަގުތުން ބޭނުން ނުކުރުން: 

ކެއުމަށްފަހު ވަގުތުން އެޕަލްސިޑާ ވިނެގާ ބޭނުން ކުރާމީހެއް ނަމަ މިކަން އަވަހަށް ހުއްޓާލުން ބުއްދިވެރިއެވެ. ސިއްޙީ މާހިރުން ބުނަނީ އެޕަލްސިޑާ ވިނެގާ ބޯން އެންމެ ރަނގަޅުވަގުތަކީ ހެނދުނު ހޭލައިގެން ހުސް ގޮހޮރާހުރެގެންނެވެ. އަދި ބޭނުން ކުރުމަށްފަހު 20 މިނެޓްފަހުން ނޫނީ އިތުރު އެއްވެސް އެއްޗެއް ކެއުމާއި ބުއިންވެސް ރަނގަޅުނޫންކަމަށެވެ.

ވަސްނުބެލުން: 

އެޕަލްސިޑާ ވިނެގާ އަކީ މީރުވަހެއް އެކުލެވޭ އެއްޗެއްނޫނެވެ. ހިތަށާއި ކާއެއްޗިހިދާ ހޮޅިއަށް ފައިދާ ހުރި އެއްޗަކަށް އެޕަލްސިޑާ ވިނެގާވާއިރު އޭގައި ހުންނަ ނުބައި ވަސް  ނޭވާހޮޅިއަށް ދިޔުމަކީ އެހާރަނގަޅުކަމެއް ނޫންކަމަށް ސިއްޙީ މާހިރުން ބުނެއެވެ. ސަބަބެއްކަމަށް ބުނަނީ އޭގައި ހުންނަ ވަހުން ފުއްޕާމެއަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތުމެވެ.

ތަށީގައި ތުންޖަހާފައި ބުއިން ހުއްޓާލުން:

އެޕަލްސިޑާ ވިނެގާއަކީ އެސިޑިކް އެއްޗެކެވެ. އެހެން ކަމުން ބިއްލޫރި ތައްޓަކަށް އެޅުމަށްފަހު ތުންޖަހާފައި ބުއިންއެހާ ރަނގަޅެއްނޫނެވެ. ސަބަބަކީ ވިނެގާގައި ހުންނަ އެސިޑަކުން ދަތާއި ހިރުގަނޑަށް ގެއްލުން ވުމެވެ. އެހެންކަމުން ވިނެގާބޯން އެންމެ ރަނގަޅީ ހޮޅިއެއް ތަށްޓަށް ލުމަށްފަހު އޭގެންނެވެ. އަދި ވިނެގާ ބުއިމަށްފަހު 30 މިނެޓްވަންދެން ދަތް ނުއުގުޅާ މަޑުކުރުމަށްވެސް ސިއްޙީ މާހިރުން ބުނެއެވެ.

ބޭނުން ކުރާމިންވަރަށް ސަމާލުވުން:

އެޕލްސިޑާވިނެގާ އެހާގިނައިން ބޭނުން ކުރުން ރަނގަޅެއްނޫނެވެ. އެއްވެސް އެއްޗެއް ބޭނުން ކުރަންޖެހޭ މިންވަރަށް ވުރެން ގިނައިން ބޭނުން ކުރުމަކީ ސިއްޙަތަށް ގެއްލުންވާނެކަމެކެވެ. އެހެންކަމުން އެންމެ ފުރަތަމަ ސަމްސަލެއްގެ ވިނެގާ ފެނަށް އަޅައިގެން ބޯލުމަށްފަހު ހަށިގަނޑަށް އެއްވެސް އުނދަގުލެއް ވޭތޯ ބެލުން ބުއްދިވެރިއެވެ. އޭގެފަހުން އެއްވެސް އުނދަގުލެއް ނުވާނަމަ އެންމެ ރަނގަޅީ ދެސަމްސަލުގެ ވިނެގާ ފެނަށް އެޅުމަށްފަހު ކޮންމެދުވަހަކު އެއްފަހަރު ބޭނުން ކުރުމެވެ.

ނިދުމުގެ ކުރިން ބޭނުން ނުކުރުން:

އެޕަލްސިޑާ ވިނެގާ ނިދުމުގެ ކުރިން ބޭނުން ކުރުމުން އޭގައި ހުންނަ އެސިޑްގެ އަސަރު ނޭވާ ހޮޅިއަށް ކުރުން ގާތެވެ. މިހެން ވުމަކީ ސިއްޙަތަށް ނުރައްކާވެދާނެކަމެކެވެ. އެހެން ކަމުން ދުވާލުގަޑީގައި ބޭނުން ކުރުމަށްފަހުވެސް 30 މިނެޓްވަންދެން ތަނެއްގައި އިށީނދެ އިނުން ރަނގަޅެވެ.