މިއަހަރު ފިތުރު އީދު ދުވަހު ފެންކުޅި ކުޅުމަށް ހާއްސަ ވަކި ސަރަހައްދުތަކެއް އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާންގައި ބުނީ އައްޑޫ ސިޓީގައި ޢީދުގެ އުފާ ފާޅުކުރުމުގެގޮތުން ފެންކުޅިކުޅި ކުޅުމަކީ ޢާންމުކޮށް ކުރަމުންދާ ކަމެއްކަމަށެވެ. މި ގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ފެންކުޅިކުޅުމުގެ ތެރޭގައި ނޭދެވޭ ބައެއްކަންކަން ހިނގާފައިވާކަން ފާހަނގަކޮށް މިއަހަރުގެ ފިތުރު ޢީދު ދުވަހުން ފެށިގެން ޢީދު ބަންދު ތެރޭގައި އައްޑޫސިޓީގެ އަވަށްތަކުގައި ފެންކުޅިކުޅުމަށް ސަރަޙައްދުތައް ކަނޑައަޅުމަށް ނިންމާފައިވާކަމަށް ކައުންސިލުންވަނީ ބުނެފައެވެ.
މި ގޮތުން އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ
އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ އިދާރާއިން ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ފެންކުޅިކުޅުމަކީ މަނާ ކަމެއް ކަމުގައި ކަނޑައަޅާފައެވެ.