English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ގުލާބްޖާމް ތައްޔާރުކުރާނެގޮތް

ބޭނުންވާތަކެތި:

ސިރަޕްއަށް:

1 ޖޯޑްހަކުރު

2 ޖޯޑް ފެން

5 ކާފޫރު ތޮޅި (ކޮޅު ބުރިކޮށްފައި)

3 ފޮނިތޮށި ކޮޅު (ބައިއިންޗި)

ފުށްގަނޑު ތައްޔާރުކުރުމަށް:

1 ޖޯޑް ހިކިކިރި

2ސަމްސާ ބޭކިންގ ޕައުޑަރ

3/4 ޖޯޑް ފުށް

1 ބިސް

3 ސަމްސާ ކުކިންގ އޮއިލް

2 ސަމްސާ ހަކުރު

2 ސަމްސާފެން

ތައްޔަރުކުރާނެގޮތް:

އެންމެ ފުރަތަމަ ސިރަޕް ތައްޔާރުކުރުމަށް: ތެއްޔަކަށް 2 ޖޯޑު ފެން 1 ޖޯޑް ހަކުރު އެޅުމަށްފަހު ކައްކަން އުދާލާށެވެ. ފެން ކެކެންފެށުމުން ކާފޫރު ތޮޅި އަދި ފޮނިތޮށި އަޅާފައި އިތުރަށް ކަށްކާފައި، ކެކުނީމަ އުނދުން މަތިން ތެލިބާލާށެވެ.

ދެން ފުށްގަނޑު ތައްޔާރުކުރުމަށް: ފުރޭންޏެއްނާގާފައި ފުށް،ހިކިކިރު، 2ސަމްސާ ބޭކިންގ ޕައުޑަރ އެޅުމަށްފަހު ތަށްޓަކަށް ފުރާނާލާށެވެ. ދެން ކުޑަ ތައްޓަކަށް ބިސް،ކުކިންގް އޮއިލް، 2 ސަމްސާ ހަކުރު، 2 ސަމްސާ ފެންއެޅުމަށްފަހު ސަމްސަލަކުން ރަނގަޅަށް އެއްކޮށްފައި ފުރާނާފައި ހުރި ފުށުގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް ފުށްގަނޑު އޮލަވަންދެން އެއްކޮށްލާށެވެ. ފުށްގަނޑު ތައްޔާރު ވީމަ 5 މިނެޓްވަންދެން މަތިޖެހުމަށް ފަހު ބަހައްޓާށެވެ. 5 މިނެޓް ހަމަވުމުން އަތުގައި ތެޔޮކޮޅެއް ހާކާލާފައި ފުށްގަނޑުން ކުދި ގުޅަ ކަނޑާފައި ވަށްކޮށް އޮމާންކޮށް ގުޅަހަދަމުންދާށެވެ. ގުޅަހަދާ ނިމުނީމަ ތެއްޔަކަށް ތެޔޮއެޅުަމަށްފަހު ތައްޔާރު ކުރި ގުޅަތަކަށް ގޯލްޑެން ބްރައުން ކުލަ އަރަންދެން ތެލުލާށެވެ. ތެލުލާ ނިމުމުން ގުޅަތައް ތައްޔާރުކޮށްފައިހުރި ޝުގާ ސިރަޕްގެ ތެރެއަށް އަޅާފައި ފޯވަންދެން ބެހެއްޓުމަށްފަހު ސާވްކުރާށެވެ.