އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ދެވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ މީރު އަދި ސިއްހަތަށް ފައިދާހުރި ބުއިމެއް ކަމަށްވާ “މިކްސްޑް ބެރީޒް ސްމޫތީ” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
1 ޖޯޑު ފްރޯޒެން މިކްސްޑް ބެރީސް
1 ގްރީކް ޔޯގަޓް (ޕްލެއިން ސްވީޓެންޑް)
3 ޖޯޑު ފެން
1 ޖޯޑު އައިސްކިއުބް
ތައްޔާރުކުރާނެގޮތް:
ފުރަތަމަ އައިސް ކިއުބާއި ފެން މިކްސްޗަރަށް އަޅާފައި ބްރީސް އާއި ޔޯގަޓްވެސް އަޅާފައި ރަނގަޅަށް އޮލަވަންދެން ގިރާލާފައި ތަށްޓަށް އަޅާފައި ސާރްވް ކުރާށެވެ.
ނޯޓް: ސްމޫތީސް މީރުވާނީ ބޯންވީމަ ވަގުތުން ތައްޔާރު ކޮށްގެން ބުއިމުންނެވެ.