English Edition
Dhivehi Edition

ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ރައީސުލް ޖުމްހީރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ޓްރާންްސްޕޯޓް މިނިސްޓްރީގެ ސިވިލް އޭވިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ. ބުލޫޝަފާ، މުހައްމަދު ހައިޝަމް ލަތީފެވެ. މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ ބޯޑު މެންބަރުކަން ކުރެއްވި ސިނާން އަލީ އަށްވެސް ވަނީ އެމްޓީސީސީގެ ބޯޑު މެންބަރުކަން ދެއްވާފައެވެ.

މިފަދަ މަޤާމްތަކަށް ބޭފުޅުން އައްޔަނު ކުރަނީ ،ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ނެވެ.

ސަރުކާރުގެ އޮފީސްތަކުގެ މަތީމަޤާމްތަކަށް ބޮޑެތި މުސާރައާއި އެކު ސިޔާސީ ގޮތުން ޙަރަކާތްތެތިވާ ބޭފުޅުން ހަމަޖައްސަވަމުން ގެންދަވާތީ ޢާއްމުންދަނީ އެކަމާއި ހިތްހަމަ ނުޖެހުންފާޅުކުރަމުން ނެވެ.