English Edition
Dhivehi Edition

ޓެކްސީގެ ގަވައިދަށް ބޮޑު ބަދަލެއް ގެނެސް ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ލާޒިމް ކުރާ އުސޫލަށް އަމަލު ކުރަން އިތުރު ތިން މަސް ދުވަހުގެ މުހުލަތެއް ދީފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން، ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދިނުމާ ބެހޭ ކަންކަން ބަޔާންކޮށް، ޓެކްސީ ގަވާއިދު އާންމުކުރީ މިދިޔަ އަހަރު އޮގަސްޓް 23 ގަ އެވެ. އެ ގަވާއިދަށް އަމަލުކުރަން ފަށަން ކުރިން ނިންމާފައި އޮތީ ގަވާއިދު އާންމުކުރާތާ ހަ މަސް ފަހުން ނަމަވެސް، މިހާރުވަނީ މުއްދަތު އިތުރުކޮށްފައެވެ.

ޓެކްސީ ގަވާއިދުގައި ބުނެފައިވާގޮތުން ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި، ޑްރައިވަރާއި، ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް، ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާތަކުން ރިކޯޑު ކުރެވެންވާނެ ކަމަށެވެ.

މީގެ އިތުރުން ޓެކްސީ ކާރުތައް އެއާ ކޮންޑިޝަން ކޮށްފައި ހުރުމަކީ ވެސް، އެ ގަވާއިދުގައި ޝަރުތުކޮށްފައިވާ ކަމެކެވެ. ދިމާވާ މައްސަލައެއްގެ ސަބަބުން އެއާ ކޮންޑިޝަން މަސައްކަތް ނުކުރާ ނަމަ، އެކަން ފަސިންޖަރުންނަށް ކުރިން އެންގުމާއި އެ ކަހަލަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވައިދުގައިވެ އެވެ.