English Edition
Dhivehi Edition
ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

ޑޮމެއިންގެ ހިދުމަތަށް އަލަށް ތައާރަފްކުރި ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާ އެކު، ޑޮމެއިން ނަންބަރުތަކުގެ މައްސަލަ ހައްލުކުރެވިއްޖެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޑޮމެއިންގެ ހިދުމަތަށް އަލަށް ތައާރަފުކުރެވުނު ޑޮމެއިން ރަޖިސްޓަރީ ސެޓްފިކެޓް އެންމެ ފުރަތަމަ ލިބިވަޑައިގަތް ފަރާތަށް މިނިސްޓަރު މުޙައްމަދު އަމީން އެ ލިޔުން ހަވާލުކޮށްދެއްވާފައިވާއިރު ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ސެޓްފިކެޓަކީ ޑޮމެއިން ރަޖިސްޓްރޭޝަންގެ ސއްހަކަން ކަށަވަރުކުރެވޭގޮތަށް ސެކިއުރިޓީ ފީޗަރތަކެއް އެކުލެވިގެންވާ ލިޔުމެއް ކަމަށެވެ.

މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 700 އަށް ވުރެ ގިނަ ވަގު ޑޮމެއިން މީގެ ކުރިން ވިއްކާފައިވާއިރު އަމީން މީގެ ކުރިން ވިދާޅުވީ، ޒަމާނަށް ފެތޭގޮތަށް ސަލާމަތީ ކަންކަން ވަރުގަދަކޮށް ސަރުކާރުން ޑޮމެއިން ދޫކުރަން އަލުން ފަށާނެ ކަމަށެވެ.