English Edition
Dhivehi Edition
8 ސެޕްޓެންބަރު 2019: ޓްރާންސްޕޯޓް މިނިސްޓަރ، ޢާއިޝަތު ނަހުލާ ނޫސްވެރިންގެ ބައްދަލުވުމެއްގައި - ފޮޓޯ: ހުސައިން ވަހީދު (މިހާރު)

މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކުރުމުގެ މުއްދަތު މި ހިނގާ މާރިޗު މަހުގެ 31ގެ ނިޔަލަށް އިތުރުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު ލިބޭނު އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަރގެ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި، 29 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން 04 ފެބުރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލުމާ ގުޅިގެންނެވެ.

19 ފެބްރުއަރީ 2023 އިން ފެށިގެން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޚިދުމަތްތައް ވަނީ ހުޅުމާލެއަށް ބަދަލުކުރެވިފައެވެ. އެގޮތުން މިހާރު އެ މިނިސްޓްރީގެ ޚިދުމަތްތައް ދެމުންގެންދަނީ ހުޅުމާލޭގެ (ފޭސް 1) އޯކިޑްމާ ހިނގުމުގައި ހުންނަ ޢުމަރު ޒާހިރު އޮފީސް ޢިމާރާތުގެ 3 ވަނަ ފަންގިފިލާގައެވެ.