English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގެމެންޓްގައި ކޮންމެ ދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ކްރީމީ ލެމަން ޕެޕާ ޝްރިމްޕް ސްޕެގެޓީ ތައްޔާރު ކުރާނެގޮތް

ބޭނުންވާތަކެތި:

350ގ ސްޕެގެޓީ

680ގ ޕްރައުންސް

ރަހަލާވަރު ލޮނުކޮޅެއް

އަސޭމިރުސް

6 ސަމްސާ ލުނބޯހުތް

2 ސަމްސާ ބަޓަރ

3 ލޮނުމެދު ހިމުންކޮށް ކޮށާފައި

8oz ކްރީމްޗީޒް

1/4 ޖޯޑު ޕާސްލީ ފަތް ކޮށާފައި

ތައްޔާރުކުރާނެގޮތް:

ތެއްޔަކަށް ފެންއަޅާފައި ލޮނުކޮޅަކާ ތެޔޮފޮދެއް އެޅުމަށްފަހު ފެންކެކިގަތީމަ ސްޕެގެޓީ އަޅާފައި މަޑުވަންދެން ކައްކާލާށެވެ. ދެންސްޕެގެޓީ ފެނުން އެއްޖޯޑް ފެން ނެގުމަށްފަހު ބާކީފެން އުކާލައި ސްޕެގެޓީ ނަގާފައި ބަހައްޓާށެވެ. ދެން ތަވަޔަކަށް ތެޔޮފޮދެއް އެޅުމަށްފަހު ޝްރިމްޕް އަޅާފައި އެއަށް އަސޭމިރުހާއި ކުޑަ ލޮނުކޮޮޅެއް ލުމަށްފަހު ރޯފިލުވާލާށެވެ. ޝްރިމްޕް ރޯފިލުމުން އޭގެތެރެއަށް އެއްސަމްސާ ލުނބޯހުތް އަޅާފައި ޝްރިމްޕް ނާގާށެވެ. ދެން ހަމަ އެތަވަޔަށް ބަޓަރ ކޮޅު އަޅާފައި ވިރުމުން ލޮނުމެދު ކޮޅުއެޅުމަށްފަހު 30 ސިކުންތުވަންދެން ކެއްކުމަށްފަހު ލުނބޯ ހުތްކޮޅަކާއި ސްޕެގެޓީއިން ނެގި ފެންޖޯޑު އެޅުމަށްފަހު ޗީޒް އަޅާފައި މަޑުމަޑުން ހަލުވަމުންގޮސް ކްރީމްހެން ވުމުން ކައްކާފައި ހުރި ސްޕެގެޓީ އަދި ޝްރިމްޕް އެޅުަމަށްފަހު ކުޑަލުނބޯހުތް ކޮޅެއް އަޅާފައި ކްރީމްއާއި ސްޕެގެޓީ ރަނގަޅަށް އެއްކުރާށެވެ. ދެން ކުޑަ އަސޭމިރުސްކޮޅަކާ ލޮނުކޮޅެއް ލައިގެން ރަހަ ހެޔޮވަރުކޮށްފައި އުނދުންމަތިން ބާލަމުން ޕާސްލީކޮޅު އަޅާފައި ސާވް ކުރާށެވެ.