English Edition
Dhivehi Edition
ސޫޖީ-- ފޮޓޯ: ގޫގަލް

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ސޫޖީ ކައްކާނެގޮތް

ބޭނުންވާތަކެތި:

2 1/2 ރަވާ

6 އިންޗި ރާނބާފަތް (ބައިއިންޗިއަށް ބުރިބުރި ކޮށްފައި)

4 މޭޒުމަތީސަމްސާ ފިނިފެން

ބައިޖޯޑް ކަނަމަދު

10 ކާފޫރުތޮޅި (ދެކޮޅުބުރިކޮށްފައި)

3 މޭޒުމަތީސަމްސާ ބައި ގިތެޔޮ

1 1/2 ދަޅު ގެރިކިރު

3 ޖޯޑު ހަކުރު

1/2 ޖޯޑު ހިކި މޭބިސްކަދުރު

4 ޖޯޑު މާފެން

6 ޖޯޑުފެން (ނޫނީވަވަރަށް)

3 ފިޔާ ކޮށާފައި

2 އިންޗިބައި ފޮނިތޮށި (ބައި އިންޗިއަށް ބުރިބުރިކޮށްފައި)

ތައްޔާރުކުރާނެގޮތް:

ތެއްޔަކަށް ގިތެޔޮ އަޅާލުމަށްފަހު ގޮތެޔޮ ދިޔާވީމާ ކަނަމަދު، ފޮނިތޮށި، ކާފޫރުތޮޅި، ފިޔާ، މޭބިސްކަދުރު، ރާނބާފަތް އެއްކޮށް އަޅާލުމަށްފަހު ފިޔާރަތް ވަންދެން ދޭފަތުން މަޑުމަޑުން ހަލުވަމުންދާށެވެ. ރަވާ، ފިޔާމީރު ކުރި ތެލީގެތެރެއަށް އަޅާފައި މަޑުގިނީގައި ބަހައްޓައިގެން ކައްކަމުން ގެންދާށެވެ. ދެން ރޯފިލީމަ ފެނާއި ހަކުރު އެޅުމަށްފަހު ކައްކަމުންދާށެވެ. ހަކުރު ވިރުނީމާ ގެރިކިރު އެޅުމަށްފަހު މަޑުގިނީގައި، ދޭފަތުން ހަލުވަމުން ކައްކަމުންދާށެވެ. ދެން ރަނގަޅަށް ކެކުނީމަ އެސެންސް އަޅާފައި 2 މިނެޓްވަންދެން ކެއްކުމަށްފަހު ތެލި އުނދުން މަތިން ބާލާށެވެ.