English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ކަށިކެޔޮ މިލްކްޝޭކް (ސްކްރިވްޕައިން މިލްކްޝޭކް) ތައްޔާރު ކުރާނެގޮތް

ބޭނުންވާތަކެތި :

2 ޖޯޑް ކޮށާފައި ހުރި ކަށިކެޔޮ

1 1/2 ޖޯޑް ފިނިފެން(އައިސްފެން)

1 1/2 ޖޯޑް ވެނީލާ އައިސްކްރީމް

1 1/3 ޖޯޑް ފުލްކްރީމް މިލްކް

2 ސަމްސާ ހަކުރު

ފިޔާތޮށި ކުލަކޮޅެއް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ކޮށާފައި ހުރި ކަށިކެޔޮ އަދި ފެންމިކްސްޗަރަށް އެޅުމަށްފަހު ގިރާލާށެވެ. ދެން ފުރޭންޏަކުން ފުރާނާލާށެވެ. ދެން އަނެއްކާ ފުރޭނި ކަށިކެޔޮ ޖޫސް މިކްސްޗަރަށް އެޅުމަށްފަހު ކިރު، ހަކުރު، ކުލަ އެޅުމަށްފަހު ގިރާލާށެވެ. ދެން ބިއްލޫރިތަށް ޓަކަށް އެޅުމަށްފަހު އައިސްކްރީމް ސްކޫޕް އެއް މައްޗަށް އެޅުމަށްފަހު ސާވް ކުރާށެވެ.