English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މި އަދު ގެނެސް ދެނީ މަސްބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭނެ މީރު ފިޝްކޭކް ރެސިޕީއެވެ. މި ފިޝްކޭކް ތައްޔާރުކޮށްލުމަށް ފަރުމަސް ނޫނީ ކަނޑުމަސް ވެސް ބޭނުންކޮށްލެވިދާނެއެވެ.

ބޭނުންވާތަކެތި:

ކައްކާފައި ހުރި މަސް

2 ޖޯޑު މެޝްޑް ޕޮޓޭޓޯ

1/4 ޖޯޑު ކޮރިއަންޑާ / ޑިލް (ކުދިކޮށް ކޮށާފައި)

1/2 ޖޯޑު ފުށް

ލޮނު އަދި އަސޭމިރުސް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ތައްޓަކަށް މަސް އަޅާފައި އުލަކުން ޗަސްކޮށްލާށެވެ. ދެން މެޝްޑް ޕޮޓޭޓޯ، ލޮނު ، އަސޭމިރުސް، ކޮރިއަންޑާ ނުވަތަ ޑިލް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން އަތުން އެތިކޮޅެއް ނަގާފައި ބޯޅައެއް ހެން ވަށް ކޮށްފައި އަތުން ކުޑަކޮށް ފިއްތާލުމަށްފަހު ފަތިކޮށްފައި ދެފަރާތަށް ފުށްކޮޅެއް ބުރުވާލުމަށްފަހު ތަވަޔަށް ކުޑަ ތެޔޮފޮދެއް އަޅާފައި ނުވަތަ ބާބެކިއު ގްރިލާއެއްގައި ދެފުށް ރަނގަޅަށް ފިހެލާށެވެ.